Header Ads

ކުމުންދޫގެ ފުރަތަމަ މެޗު ނިމިއްޖެ


މިނިވަންޗެންޕިއަންޝިޕް 2017 ގައި ހދ.ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ކުމުންދޫ ޓީމާއި ކުރިނބީ ޓީމްގެ މެޗު 2-4 ކާމިޔާބުކުރީ ކުރިނބީ ޓީމެވެ. ފުރަތަމަ ހާފް ނިމުނު އިރު ނަތީޖާއަކީ ކުމުންދޫ 2 އަދި ކުރިނބީ 2 އެވެ. އެހެންނަމަވެސް ފަހު ހާފްގައި ކުރިނބީން 2 ލަނޑު ޖަހާ ކުރި ހޯދާ 4-2 ން މެޗު ކާމިޔާބުކުރީ ކުރިނބީ ޓީމެވެ.

މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުމަށް ބަލާލާއިރު، ފުރަތަމަ ހާފުގެ ފުރަތަމަ 10 މިނެޓް ތެރޭގައި ކުރިނބީ ޓީމުން ލަނޑު ޖަހާ 1-0 ން ކުރިހޯދިއެވެ. އެއަށްފަހު 5 ވަރަކަށް މިނިޓް ތެރޭގައި ކުމުންދޫ ޓީމުން ލަނޑެއް ޖަހައި 1-1 ން ނަތީޖާ އެއްވަރުކުރިއެވެ. އެއަށްފަހު އަނެއްކާވެސް 10 ވަރަކަށް މިނިޓް ތެރޭގައި ކުރިނބީ ޓީމުން ލަނޑެއްޖަހައި 1-2 ން ކުރިނބީ ޓީމް މޮޅުކުރިއެވެ. އެއަށް ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ކުމުންދޫ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް 2-2 ން ނަތީޖާ އެއްވަރުކުރިއެވެ. ފުރަތަމަ ހާފް ނިމުނުއިރު ދެޓީމް އޮތީ 2-2 ން ނަތީޖާ އެއްވަރުވެފައެވެ.

މިމެޗުގެ ދެވަނަ ހާފުގެ ކުޅުމަށް ބަލާލާއިރު، ދެވަނަ ހާފްގެ ފުރަތަމަ 10 މިނެޓް ތެރޭގައި ކުރިނބީ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް 3-2 ން ކުރިނބީ ޓީމް ކުރިހޯދިއެވެ. އެއައަށްފަހު ދެވަނަ ހާފް ނިމެނިކޮށް ކުރިނބީ ޓީމުން ލަނޑެއްޖަހައި 2-4 ން ކުރިނބީ ޓީމް ކުރިހޯދިއެވެ. މެޗް ނިމުނުއިރު ފައިނަލް ނަތީޖާއަކީ ކުމުންދޫ 2- ކުރިނބީ 4 އެވެ.

މިމެޗުގައި ދެ ޓީމަށްވެސް އެއް ޕެނަލްޓީ ލިބި ކާމިޔާބުކޮށްފައިވެއެވެ. ކުމުންދޫ ޓީމް ފުރަތަމަ ހާފް ނިމެނިކޮށް ޖެހި ލަނޑެއް އޮފްސައިޑް ލަނޑެއްގެ ގޮތުގައި ނިންމާފައިވެއެވެ. ދެ ޓީމުންވެސް ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް ފަހު ހާފްގައި ކުޅުން ރަނގަޅީ ކުމުންދޫ ޓީމުންނެވެ. އަދި ފަހު ހާފްގައި ބޯޅަ ގިނައިން ގެންގުޅެފައިވަނީ ކުރިނބީ ހާފްތެރޭގައި ކުމުންދޫ ޓީމުންނެވެ. މިމެޗްގައި ކުރިނބީ ޓީމްގެ ކުޅުންތެރިއަކަށް ރީނދޫ ކާޑެއްވެސް ދައްކާފައިވެއެވެ.


މިމެޗުގައި ކުމުންދޫ ޓީމަށް ސަޕޯޓްކުރުމަށް ކުމުންދޫން ގިނަ ބަޔަކު ދަނޑަށް ގޮސް ޓީމަށް ވަރަށް ސަޕޯޓްކޮށްފައިވެއެވެ. އަދި ކުމުންދޫ ކިއްލާ ބޮޑުބެރު ގުރޫޕުންވަނީ ބޮޑުބެރުޖަހަމުން ކުމުންދޫ ޓީމަށް ސަޕޯޓްކޮށްފައެވެ. ކުމުންދޫގެ ދެވަނަ މެޗް އޮތީ 29 މާރިޗު 2017 ދުވަހުއެވެ. މިމެޗްގައި ބައްދަލުކުރާނީ ކުމުންދޫ އާއި ކުޅުދުއްފުށިއެވެ. މިމެޗްގެ ކުޅުން އޮތީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

No comments